ޤުރްއާން ކިޔެވުމުގެ 37ވަނަ ޤައުމީ މުބާރާތުގައި މި އަތޮޅުން ބައިވެރިވި ހުރިހާ ކުދިން މުބާރާތުގައި ކިޔަވައި ނިމިއްޖެ

28 ސެޕްޓެމްބަރ 2025 - 14:31

ޤުރްއާން ކިޔެވުމުގެ 37ވަނަ ޤައުމީ މުބާރާތުގައި މި އަތޮޅުން ބައިވެރިވި ހުރިހާ ކުދިން މުބާރާތުގައި ކިޔަވައި ނިމިއްޖެއެވެ. މިކުދިންގެ ކިޔެވުންތައް އޮތީ ސެޕްޓެމްބަރ 20، 21، 22، 23 މި 4 ދުވަހުއެވެ. މި މުބާރާތުގައި މިއަތޮޅުން ޖުމުލަ 22 ކުދިން ވަނީ ކިޔަވައިފައެވެ. އޭގެތެރޭގައި ހިމެނެނީ އަތޮޅު މަދަރުސާގެ ދަރިވަރަކާއި ތަޢުލީމީ މަރުކަޒުގެ 7 ދަރިވަރުންނާއި ކެޔޮދޫ ސްކޫލްގެ 14 ދަރިވަރުންނެވެ. 

ކުރީ އަހަރެކޭވެސް އެއްފަދައިން މި އަހަރުވެސް މުބާރާތުގައި ބައިވެރިވެގެން މާލެ ދިޔަ ކުދިންނަށް މިކައުންސިލުން ވަނީ ދަތުރަށާއި މާލޭގައި ތިބުމަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ. 

ކިޔެވުން ހަމަޖެހިފައިވާ ތަރުތީބުން ދަރިވަރުގެ ކިޔެވުން ޖެހެންވާއިރަށް ދަރިވަރުން ތައްޔާރުކޮށް މަރުކަޒަށް ގެންދިމުގައި ބެލެނިވެރިންނާއި ސްކޫލްތަކުން ބެހެއްޓެވި ސަމާލުކަމަށްޓަކައި އެ ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވަމެވެ.