ވ.އަތޮޅު ފުޓްސަލް މުބާރާތް އަންނަ ހޮނިހިރު ދުވަހު ފެށެނީ

6 ނޮވެމްބަރ 2025 - 20:01

         ވ.އަތޮޅު ފުޓްސަލް މުބާރާތް 2025 ފެށުމަށް ހަމަޖެހިފައިވަނީ 8 ނޮވެންބަރު 2025 ވަނަ ދުވަހު ފެލިދޫގައެވެ. މި މުބާރާތް އިއުލާން ކޮށްފައިވަނީ އަތޮޅުގެ ހުރިހާ ރަށަކަށް އަމާޒުކޮށްގެންނެވެ. ދެ ޑިވިޜަން އަށް އަމާޒުކޮށްގެން ކުރި އިއުލާނަށް ތަރުހީބު ދީފައިވަނީ ފިރިހެން ޑިވިޜަން ބައިވެރިކުރުމަށް ފެލިދޫ ކައުންސިލާއި ފުލިދޫކައުންސިލް އަދި ކެޔޮދޫ ކައުންސިލެވެ. މުބާރާތުގައި އަންހެން ޑިވިޜަންގައި ބައިވެރިވުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ ފެލިދޫ ކައުންސިލް އަދި ކެޔޮދޫ ކައުންސިލެވެ. އަންހެން ޑިވިޜަންގެ ޖުމްލަ 2 ޓީމް ބައިވެރިވެފައިވާތީ ކައުންސިލް އިން ވަނީ އަންހެން ޑިވިޜަން ނުބާއްވަން ނިންމާފައެވެ. މިމުބާރާތް ކުރިއަށްދާނީ ފިރިހެން ޑިވިޜަންގެ 3 ޓީމާއެކުއެވެ. ވ.އަތޮޅު ފުޓްސަލް މުބާރާތުގެ މަޤުޞަދަކީ ޒުވާނުންގެ މެދުގައި އިޖުތިމާއީ ގުޅުމާއި، ކުޅިވަރުގެ ރޫޙް އާލާކޮށް ދިރުވައި އަތޮޅުގައި ފުޓްސަލް ކުރިއެރުވުމެވެ. މި މުބާރާތް ލައިވްކޮށް އަޅުގަނޑުމެންގެ ޔޫޓިއުބު ޗެނެލް މެދުވެރިކޮށް ވެސް ބެލުންތެރިންނަށް ބެއްލެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.