
ވޮލީ މުބާރާތުގެ ގުރުއަތު ނެގުން މިރޭ
މި ކައުންސިލުން އިންތިޒާމްކޮށްގެން މި މަހުގެ 15 ގައި ބޭއްވުމަށް ތައްޔާރުވަމުންދާ ވާވު ވޮލީ މުބާރާތް 2025 ގެ ގުރުއަތު ނެގުން މިރޭ އޮންނާނެއެވެ. މި ހަފުލާ އޮންނާނީ ވ. އަތޮޅު ތައުލީމީ މަރުކަޒުގެ މަލްޓިޕާޕަސް ހޯލްގައި އެވެ.
މިރަސްމިއްޔާތުގައި ޓީމްތަކުގެ މެނޭޖަރުންނާއި ކޯޗުންނާއި ކެޕްޓަނުން ބައިވެރިވާނެއެވެ.
މި މުބާރާތް 2025 ގައި ޖުމުލަ 07 ޓީމަކުން ވަނީ ބައިވެރި ވެފައެވެ. މިގޮތުން ފިރިހެން ޑިވިޜަނުގައި 04 ޓީމް އަދި އަންހެން ޑިވިޜަންގައި 03 ޓީމް ވަނީ ބައިވެރިވެފައެވެ.ފިރިހެން ޑިވިޜަން ގައި ބައިވެރި ވެފައި ވަނީ ވ. ފުލިދޫ، ވ. ތިނަދޫ، ވ.ފެލިދޫ އަދި ވ. ކެޔޮދޫންނެވެ. އަންހެން ޑިވިޜަންގައި ބައިވެރިވެފައިވަނީ ވ.ފުލިދޫ، ވ.ފެލިދޫ އަދި ވ. ކެޔޮދޫންނެވެ.