
ވޮލީ މުބާރާތުގެ ބޯޅަ ހޮވާ ކުދިންނަށް ޖާޒީ ހަވާލުކޮށްފި
މާދަމާ ފެށުމަށް ހަމަޖެހިފައިވާ ވޮލީ މުބާރާތުގައި ޙަރަކާތްތެރިވުމަށް ހޮވައިލެވިފައިވާ ބޯޅަ ހޮވާ ކުދިންނަށް ( ބޯލްކިޑްސް) ޖާޒީ ހަވާލުކުރުން މިއަދު އޮތެވެ. މިކަން އޮތީ ވޯލީ ކޯޓު ސަރަހައްދުގައެވެ. މި ކުދިންނަށް ޖާޒީތައް ޙަވާލުކޮށްދެއްްވީ ކައުންސިލްގެ ރައީސް އަލްފާޟިލް ޝުޖާޢު ޢަލީއެވެ.