
އަންހެން ޑިވިޜަންގެ ފައިނަލްގެ ފުރަތަމަ ޖާގަ ކެޔޮދޫ ޓީމުން ކަށަވަރުކޮށްފި
ވ.އަތޮޅު ވޮލީ މުބާރާތުގައި ވާދަ ކުރާ ޓީމްތަކުގެ ތެރެއިން އަންހެން ޑިވިޝަންގެ ފައިނަލްގެ ފުރަތަމަ ޖާގަ ކެޔޮދޫން ކަށަވަރުކޮށްފިއެވެ. ފޯރިގަދަ މުބާރާތުގައި އިއްޔެ ކުޅެވުނީ ކެޔޮދޫއާއި ފެލިދޫ އެވެ. ކެޔޮދޫން ފުރަތަމަ ސެޓް ކާމިޔާބުކުރީ 25-23 ނެވެ. ދެވަނަ ސެޓް ކުޅެންފަށާ ކެޔޮދޫއިން ލީޑް ނަގާފައިވަނިކޮށް ފަހަތުން އަރާ ކެޔޮދޫ މައްޗަށް ފެލިދޫއިން ކުރި ހޯދިއެވެ. ވަރަށް ވާންކޮށް ނިމުނު ސެޓް ފެލިދޫން ހޯދީ 29-31 ނެވެ. ޖެހިގެން އައި ސެޓް ކެޔޮދޫން 20-25 ން ހޯދުމުން ހަތަރުވަނަ ސެޓް ކުޅެން ޖެހުނެވެ. ފަހު ސެޓް ކެޔޮދޫން 14-25 ކާމިޔާބުކޮށް ފައިނަލަށް ދަތުރުކުރިއެވެ.
މުބާރާތުގައި އަންހެން ޑިވިޝަންގެ ލީގްއުސޫލުން ކުޅޭ ހުރިހާ މެޗްތަކެއް ވަނީ ނިމިފައެވެ. ފައިނަލުގައި ކެޔޮދޫއާއި އެކު ކުޅޭ ޓީމެއް އެނގޭނީ 19 އޮގަސްޓް 2025ގައި ކުޅެވޭ ސެމީފައިނަލް މެޗު ނިމުމުންނެވެ. ސެމީގައި ބައްދަލުކުރާނީ ފުލިދޫއާއި ފެލިދޫ އެވެ.