
މުބާރާތުގެ ފޯރި ގަދަވުން
ވ.އަތޮޅު ވޮލީ މުބާރާތުގައި ވާދަ ކުރާ ޓީމުތަކުގެ ކޮންމެ މެޗަކީ ސަޕޯޓަރުންނަށް ތަފާތު މޮޅު ކުޅުމެއް ދައްކައިދީ ކުޅުންތެރިންގެ ހުނަރު ދައްކުވައިދޭ މެޗުތަކެކެވެ. މިގޮތުން ފިރިހެން ޑިވިޜަންގައި ފެލިދޫއާއި ތިނަދޫ ބައްދަލުކުރި މެޗު ދިޔައީ ނޭވާ ހިފަހައްޓާލަންޖެހުނު ގިނަ ވަގުތު ތަކެއް ދިޔަ ފޯރިގަދަ މެޗަކަށެވެ. މެޗުގެ ދެ ސެޓް ފެލިދޫން ނަގާފައިވަނިކޮށް ތިންވަނަ ސެޓްގައި ފެލިދޫއިން 17-14 އިން ފެލިދޫ ކުރީގައި ވަނިކޮށް ރެފުރީގެ ބައެއް ނިންމުންތަކާ ހިތްހަމަ ނުޖެހި ތިނަދޫ ކުޅުންތެރިންގެ ފަރާތުން ފެނުން ކަންތަކާ ގުޅިގެން މެޗު މެދުކަނޑާލިއެވެ. ގިނަ ވަގުތުތަކެއްގެ މަޝްވަރާއަށްފަހު މެޗު އިތުރަށް ކުރިއަށް ނުގެންދިޔުމަށް ތިނަދޫ ޓީމުން ނިންމުމުން ސީދާ ތިން ސެޓުން ފެލިދޫ މޮޅުވިކަމަށް ނިންމިއެވެ. ވާދަވެރި މުބާރާތެއްގައި ފެންނާނެ ގިނަ މަންޒަރުތަކެއް ފެނުނު މެޗުގައި ތިނަދޫ ޓިމްގެ ޖޯޒީ ނަންބަރު 08 އިޝާން މުޙައްމަދު (ބަޓިސް) އަށް ރީންދޫކާޑެއްގެ އިތުރަށް ރަތްކާޑުވެސް ދެއްކިއެވެ.