ކެޔޮދޫއިން ފުލިދޫގެ މައްޗަށް ކުރިހޯދައި ފައިނަލަށް ދިޔުމުގެ ޖާގަ ފުޅާކޮށްފި

19 އޯގަސްޓް 2025 - 13:09

ވ.އަތޮޅު ވޮލީ މުބާރާތުގެ ފިރިހެން ޑިވިޜަންގައި ރޭގައި ބައްދަލުކުރި މެޗަކީ ފުލިދޫ ޓީމަށް މޮޅުވެގެން ނޫނީ ފައިނަލަށް ނުދެވޭނެ މެޗެކެވެ. މުބާރާތުގައި ފުލިދޫން ފުރަތަމަ ބައްދަލުކުރީ ތިނަދޫއާއެވެ. އެމެޗު ތިނަދޫން ތިން ސެޓުން ކާމިޔާބުކުރުމުން ފުލިދޫން ރޭގައި ކެޔޮދޫއާއި އެކު ކުޅެންޖެހުނު މެޗަކީ އެޓީމަށް ކޮންމެހެންވެސް މޮޅުވާން ޖެހޭ މެޗެކެވެ. ރޭގެ މެޗުގައި ކެޔޮދޫން ތިން ސެޓް ގެންގޮސްފައިވަނީ ވާދަވެރި ކުޅުމަކަށްފަހުއެވެ. މެޗުގެ ސެޓްތައް ކެޔޮދޫން ގެންދިޔައީ 25-18، 26-24 އަދި 25-17 ނެވެ. ރޭގެ މެޗުގައިވެސް ދެ ޓީމްގެ ބޭރުކުޅުންތެރިންގެ ހުނަރު ވަރަށް ބޮޑަށް ފެނުނެވެ. ރޭގެ މެޗުގެ މޮޅުކުޅުންތެރިޔާގެ މަޤާމް ލިބުނީ ކެޔޮދޫ ޓީމްގެ ޖާޒީ ނަންބަރު 07 މުބައްޝަރު ރަޒާއަށެވެ.